ނަފްސާނީ ހެލްޕްލައިނުން އަށް ހާހަށް ވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި

ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިނުން މިހާތަނަށް 8،000 އަށް ވުރެ ގިނަ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސިއްޙީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ސިއްޙީ ވުޒާރާއިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2024 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް 5،396 ފަރާތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި މިއަހަރު މިހާތަނަށް 5،820 ކޯލަކަށް ހެލްޕްލައިނުން ވަނީ އެޓެންޑްވެފައެވެ.
މީގެއިތުރުން، މިދިޔަ އަހަރުގެ ނިޔަލަށް 2،576 ފަރާތަކަށް މި ހެލްޕްލައިނުން ވަނީ ޚިދުމަތް ފޯރުކޮށްދީފައެވެ. މި ހެލްޕްލައިނަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެއް ކަމަށްވާއިރު، 2023 ވަނަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު ވަނީ މި ހެލްޕްލައިން އިފްތިތާޙުކޮށްފައެވެ.
24 ގަޑިއިރު ޚިދުމަތްދޭ މި ހެލްޕްލައިނަށް ގުޅުމަށް ކަނޑައަޅާފައިވާ ނަންބަރަކީ 1677 އެވެ. މި ހެލްޕްލައިނުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މުހިންމު ޚިދުމަތެއް ކަމަށް ސިއްޙީ ވުޒާރާއިން ފާހަގަކުރެއެވެ.
ރިއެކްޓް



