ހަ މަސް ފަހުން އެމްޑަބްލިއުއެސްސީން ފަޒީލު ވަކިކޮށްފި

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރި މުހައްމަދު ފަޒީލް ރަޝީދު އެ މަޤާމުން މިއަދު ވަކިކޮށްފިއެވެ.
ފަޒީލް ވަކިކުރުމުގެ ކުރިން، ވޭތުވެދިޔަ 6 މަސްދުވަހު ހުރީ ސަސްޕެންޝަނެއްގައެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު މުސާރަ ލިބޭގޮތަށެވެ.
މި ސަސްޕެންޝަނަކީ "ބިންވެރިޔާ" ސްކީމުން ނުޙައްޤުން ގޯއްޗެއް ހޯދުމާއި، އެ ގޯތީގެ އެގްރިމެންޓް ފޯޖުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނިންމި ނިންމުމެކެވެ. އަދި މީގެ އިތުރުން ކޮރަޕްޝަންގެ ޢަމަލުތަކެއް ކޮއްކޮއާއި ގުޅިގެން ހިންގި ކަމުގެ ތުހުމަތު ފަޒީލުގެ މައްޗަށް ކުރެވުނެވެ.
ފަޒީލް ވަކިކުރުމުގެ ނިންމުން ނިންމާފައިވަނީ އެމްޑަބްލިއުއެސްސީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. މި މައްސަލައިގައި އިތުރު ފިޔަވަޅުތަކެއް އަޅާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.
ރިއެކްޓް



