އިސްރާއީލުގެ އެއާޕޯޓްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޔަމަނުން ދީފި
ޔަމަނުން އިޒްރާއީލަށް އެންމެ ފަހުން ދިން ހަމަލާތަކުގައި އިޒްރާއީލުގެ އެއާޕޯޓަށް ގެއްލުންވެފައިވޭ

އިސްރާއީލުގެ މައި ބެން ގުރިއަން އެއާޕޯޓާއި، އިސްރާއީލުގެ އެހެން އެއާޕޯޓުތަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ޖަމާއަތުން އަސްކަރީ ހަމަލާތައް ދޭން ނިންމާފައިވާ ކަމަށް އިސް އޮފިޝަލެއް ކަމަށްވާ ނަސްރު އަލް ދީން އަމޭރު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، މިއީ ޣައްޒާއަށް ދޭން ފެށި ހަމަލާތައް އަނެއްކާވެސް އިތުރުކޮށް، ޔަމަނަށް ދިން ހަމަލާތަކުގެ އިތުރުން، އެއާޕޯޓުތައް ބޭން ކުރަން ޔަމަނުގެ ލީޑާޝިޕުން ނިންމި ނިންމުމާއި، ކަނޑުގެ އަސްކަރިއްޔާ ބަންދުކޮށް، އުމް އަލް ރަޝްރާޝް ބަނދަރު ބަންދުކުރުމާއި ގުޅިގެން އަޅަން ނިންމި ފިޔަވަޅެއް ކަމަށެވެ.
މިއާއެކު އޭނާ ވަނީ އެއާލައިންތަކާއި ފަސިންޖަރުން، ހާއްސަކޮށް ބޭރުގެ ފަރާތްތަކުން އަމިއްލަ ސަލާމަތަށްޓަކައި ފުރުމަށް އިންޒާދު ދެއްވާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ހޫތީން ވަނީ ފަލަސްތީނާއެކު ތިބިކަން ސާބިތުކޮށްދިނުމަށް އިސްރާއީލާ ދެކޮޅަށް ސިލްސިލާ ހަމަލާތަކެއް ދީފައެވެ.
މި ހަމަލާތަކުގައި އިސްރާއީލަށް ގެއްލުންތަކެއްވެސް ލިބިފައި ވެއެވެ.
ރިއެކްޓް



