ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕަށް ފުރުސަތު ހުޅުވާލައިފި

ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕަށް ފުރުސަތު ހުޅުވާލައިފި

ޖޫން 26, 2025 - 19:01
 0
ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕަށް ފުރުސަތު ހުޅުވާލައިފި
ހުޅުމާލޭ ހޮސްޕިޓަލް -- ފޮޓޯ: ޕީއެސްއެމް

ހުޅުމާލެ ހޮސްޕިޓަލުން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 29 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 12:00 އާ ހަމައަށް ހުޅުވާލާފައިވެއެވެ.

މި އިންޓޭކްގައި 15 ފަރާތަކަށް ފުރުސަތު ދެވޭނެ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެމްބީބީއެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" އޮތުމާއެކު، ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން ލާޒިމްވެއެވެ.

އެޕްލިކޭޝަން ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފޯމާއެކު  އެމްބީބީއެސް ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ، ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ސެޓްފިކެޓް، އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ކޮޕީ، ޕޮލިސް ކްލިއަރެންސް އަދި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ހުށަހަޅަންޖެހެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، ޝަރުތު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަންދޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީޚަށް ބަލައި، ކޯސް ފުރިހަމަކުރިފަހުން ގިނަ ދުވަސްވެފައިވާ ފަރާތްތަކަށާއި މެއިލް ފޮނުވާފައިވާ ތަރުތީބަށެވެ.

އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ ހުޅުމާލެ ހޮސްޕިޓަލްގެ jobs@hmh.mv އީމެއިލް އެޑްރެހަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 8 ޖުލައި 2025 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0