އެޗްއާރްސީއެމްގެ މެމްބަރުކަމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް މިއަދު ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
މިގޮތުން އައްޔަންކުރެވުނު ދެ ބޭފުޅުންނަކީ މ. ޕޮޕީ، މުޙައްމަދު ޝަފީގް މަހްމޫދާއި ސ. ހުޅުދޫ، ސީބްރީޒް އަހްމަދު މަގުސޫމެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، އައު މެންބަރުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މުހައްމަދު ސަލީމެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަލަށް އައްޔަންކުރެވުނު ދެ މެންބަރުންނާ މަގާމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ކުރިއެރުވުމަށް މަސައްކަތްކުރާ މިނިވަން މުއައްސަސާއެކެވެ. އަދި މި ދެ މެންބަރުން އައްޔަންކުރެވުމާއެކު، ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ރިއެކްޓް



