ޚަބަރު

މާދަމާ ހަވީރު ފަސްގަޑިއިރަށް ސިނަމާލެ ބުރިޖުގެ އެއް ލޭނު ބަންދުކުރަނީ

ސެޕްޓެމްބަރު 7, 2025 - 21:57
 0
މާދަމާ ހަވީރު ފަސްގަޑިއިރަށް ސިނަމާލެ ބުރިޖުގެ އެއް ލޭނު ބަންދުކުރަނީ
ސިނަމާލެ ބުރިޖް -- ފޮޓޯ: ވިރާސީ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މާދަމާ ހަވީރު ބޮޑު އިމަޖެންސީ އެކްސަސައިޒެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވުމާ ގުޅިގެން، ސިނަމާލެ ބްރިޖުގެ އުތުރު ފަރާތު ލޭން ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށް އެމްއޭސީއެލްއިން އަންގައިފިއެވެ.

އެމްއޭސީއެލްއިން މިކަމާ ގުޅޭގޮތުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި، ބްރިޖުގެ ދެކުނު ފަރާތު ލޭން ދެކޮޅަށް ދުއްވޭ ގޮތަށް ހުޅުވާލެވިފައި ހުންނާނެ ކަމަށާއި މި އެކްސަސައިޒްގައި 32 މުއައްސަސާއަކުންބައިވެރިވާނެ ކަމަށް އެމްއޭސީއެލުން މަޢުލޫމާތު ދެއްވައެވެ.

އަދި މި އެކްސަސައިޒްގައި 102 މީހުންނަށް އަނިޔާވެ، 185 މީހުންގެ އާއިލާއަށް އަސަރުކުރި ކަމަށް ބަލައިގެން ޑްރިލް ސިމިއުލޭޓް ކުރާނެއެވެ. އަދި ފޭކް މަތިންދާބޯޓެއް ބޭނުންކޮށް، އެއާކްރާފްޓްގައި އަލިފާން ރޯކުރުމުގެ އަމަލީ ތަމްރީނެއް ކުރިއަށް ގެންދެވޭނެއެވެ.

މި އެކްސަސައިޒްގައި މާލެ ސަރަހައްދުގެ ފަސް ހޮސްޕިޓަލެއް ބައިވެރިވާނެއެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި އައިޖީއެމް ހޮސްޕިޓަލްގެ ޚިދުމަތްތައް ހިމެނެއެވެ. އެކްސަސައިޒް ފެށުމާއެކު ހަވީރު 4:00 އިން 5:00 އަށް އެއާޕޯޓްގެ ރަންވޭ އެއްގަޑިއިރަށް ބަންދުކުރެވޭނެއެވެ.

އެކްސަސައިޒްގައި ބޭނުންކުރާ އާކްރާފްޓްގައި އަލިފާން ރޯކުރުމާއެކު، ހަވީރު 4:00 އިން ފެށިގެން ދުމާއި އަލިފާން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފެންނާނެ ކަމަށް އެމްއޭސީއެލްއިން ވަނީ އަންގާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0