ޚަބަރު

ފުވައްމުލައް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

ސެޕްޓެމްބަރު 3, 2025 - 10:35
 0
ފުވައްމުލައް އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި

އަލިފާން ނިއްވާ ޓްރަކަށް ދިމާވި މައްސަލައާ ގުޅިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާ ފުވައްމުލައް އެއާޕޯޓުގެ އޮޕަރޭޝަންތައް މިއަދު އަލުން ފަށައިފިއެވެ.

އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށިފައިވަނީ އެއާޕޯޓު ބަންދުކުރިތާ ގާތްގަނޑަކަށް 48 ގަޑިއިރު ފަހުންނެވެ.

އެއާޕޯޓު އަލުން ހުޅުވާލެވިފައިވަނީ އެ އެއާޕޯޓުގެ އަލިފާން ނިއްވާ އުޅަނދަށް ދިމާވެފައިވާ މައްސަލަ ރަނގަޅު ކުރުމަށްފަހުގައި ކަމަށް އެއާޕޯޓުން މައުލޫމާތު ދީފައިވެއެވެ. އަދި މި މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީއިން ފަޔަރ ޓްރަކެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން މައުލޫމާތު ބުނެފައިވެއެވެ.

އެއާޕޯޓުތަކުގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަލިފާން ނިއްވާ ލޮރީއަށް މައްސަލައެއް ދިމާވުމުން ނުވަތަ އަލިފާން ނިއްވާ މުވައްޒަފުންގެ އަދަދު ވަކި މިންވަރަކަށްވުރެ މަދުވެއްޖެނަމަ، އެ އެއާޕޯޓަކަށް ފްލައިޓް ޖެއްސުން މަނާވެގެންދާނެއެވެ.

ފުވައްމުލައް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން ހުއްޓާލުމާ ގުޅިގެން އެ ރަށަށް ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓްތަކަށް ބަދަލު އައިސްފައިވާއިރު، މިހާރު އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފެށުމާއެކު ޝެޑިއުލް ކުރެވިފައިވާ ފްލައިޓްތައް އާންމު އުސޫލުން ކުރިއަށްދާނެ ކަމަށް އެއާލައިންތަކުން މައުލޫމާތު ދީފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0