ޚަބަރު , ސިޔާސީ

ނޫސްވެރިން އަޅުގަނޑާއެކީ ޖަލަށް ދާން ޖެހޭނެ: ފަލާހް

އޮގަސްޓް 29, 2025 - 22:24
 0
ނޫސްވެރިން އަޅުގަނޑާއެކީ ޖަލަށް ދާން ޖެހޭނެ: ފަލާހް
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނޫސްވެރިން އުލުބޭންދުމަށް ގޮވާލި މައްސަލާގައި ޖަލަށް ދާން ޖެހިއްޖެ ނަމަ ޖަލުން އެންމެ ގިނައިން ބައްދަލުވާނީ ނޫސްވެރިންނާއި ކަމަށާއި ނޫސްވެރިން ޖަލަށްދާން ޖެހޭނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު, އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހުގެ މައްސަލަ ބެލުމާމެދު ޕްރޮސެކިއުޓަރ ޖެނެރަަލްގެ ލަފައަކަށް އެދިފައިވާކަމަށް ފުލުހުން ހާމަކުރި ހަބަރަކަށް އިޝާރާތްކުރައްވައި ފަލާހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ޖަލަށް ވަޑައިގަންނަވަން ޖެހިއްޖެނަމަ ޖަލުގައި އެންމެ ގިނަވާނީ ނޫސްވެރިން ކަމަށެވެ.

"ވަރަށް ރަނގަޅުނިންމެވުމެށް މިމައްސަލާގައި. އަޅުގަނޑު ޖަލުގައުޅޭ ނަމަ އެތާގެ ރަހްމައިތްތެރިންނަށްވާނީ އެމްޑީޕީގެ ވެރިކަންކުރި ރައީސުންނާ އެމްޑީޕީގެ ގިނައަދަދެއްގެ މަޖިލީސްމެމްބަރުން އަދި އެއްމެގިނަވާނީ ނޫސްވެރިން!" ފަލާހުގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ނޫސްވެރިން ޖަލަށް ދާންޖެހޭނެ ކަމަށް ވިދާޅުވެ ފަލާހު މިފަދައިން "ބިރު ދައްކަވާފައިވާއިރު", ރާއްޖޭގެ ޤާނޫނު އަސާސީ އާއި އެއްވެސް ޤާނޫނެއްގައި ނޫސްވެރިކަން ކޮށްގެން ޖަލަށް ދާން ޖެހޭ ގޮތަކަށް ނޯވެއެވެ. އަަދި މީޑިއާކައުންސިލުގެ ޤާނޫނާއި ބްރޯޑްކާސްޓިންގ އާއި ބެހޭ ޤާނޫނުގެ އިތުރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ޤާނޫނުގައިވެސް ނޫސްވެރިން ޖަލަށް ދާންޖެހޭ ގޮތަކަށް ނޯވެއެވެ. ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި ޚިލާފުވުމުން އެންމެ ބޮޑު އަދަބަކަށް އޮންނަނީ ޖޫރިމަނާ ކުރުމެވެ.

ނޫސްވެރިން އުލުބައިންދަން ގޮވާލި ގޮވާލުން ދިފާޢު ކުރައްވަން ފަލާހުގެ ޕޯސްޓުގައި މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން އުލުބޭންދުން އެމަނިކުފާނު މާނަކުރެއްވީ އެހެން ގޮތަކަށް ކަމަށް ވިދާޅުވެ ފާޑުކިޔުންތަކުން ރެކެން މަސައްކަތްކުރައްވާފައިވެއެވެ.

"އަޅުގަނޑު ނޯންނާނެ މީހަކުމަރަން ބުނެފައެއް ޢުލުބޭންދުން އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާމީހުން ބިމަށްވުރެމަތީތާކަށް އެރުވުމަށް" އުލުބޭންދުމަކީ އަނިޔާވެރި އަދަބެއް ނޫންކަމަށް ސިފަކުރައްވަމުން ފަލާހުގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0