ޚަބަރު

ފަލާހުގެ މައްސަލަ ބަލާނަން: ރައީސް

އޮގަސްޓް 28, 2025 - 15:54
 0
ފަލާހުގެ މައްސަލަ ބަލާނަން: ރައީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ވިރާސާ

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ނޫސްވެރިން "އުލުބައިންދަން" ގޮވާލި މައްސަލަ ބައްލަވާނެ ކަމަށް ޕީއެންސީގެ ރައީސް, ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އޮފީސްގަޑި ނިންމަވާލައްވައި މުލިއާގެއަށް ވަޑައިގަތް މަގުމަތިން ނޫސްވެރިއަކު "ފަލާހުގެ މައްސަލަ ބައްލަވާނަންތޯ" އެހުމުން ޖަވާބުގައި ރައީސް ވިދާޅުވީ "އެކަން ބަލާނެ" ކަމަށެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު ފަލާހު ނޫސްވެރިން އުލު ބައިންދަން ގޮވާލުމުން އެކަމާ ދެކޮޅަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ރައީސް ވަނީ މިއަދު އޮފީސް ގަޑި ނިންމަވާލެއްވުމުގެ ކުރިން ނޫސްވެރިން އަދި ނޫސްވެރިންގެ ޖަމިއްޔާގެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މީޑިއާ ރެގިއުލޭޝަން ބިލު މަޖިލީހުން ބޭރުކޮށްލެއްވުމާމެދު ވިސްނަވާނެކަމުގެ ޔަޤީންކަން ނޫސްވެރިންނަށް ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރަކީ ނޫސްވެރިންނާއި މީޑިއާތަކާއި ގާތް ގުޅުން ބާއްވާ ސަރުކާރެއް ކަމަށާއި ނޫސްވެރިންނަށް ޕޮޒިޓިވް ސަރުކާރެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0