ޚަބަރު

މީޑިއާތަކުގެ ޚިޔާލު ހޯދުމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

އޮގަސްޓް 28, 2025 - 11:14
 0
މީޑިއާތަކުގެ ޚިޔާލު ހޯދުމަށް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ނޫސްވެރިކަމުގެ މިނިވަން ހަނިކޮށް ނޫސްވެރިންނަށާއި މީޑިއާތަކަަށް ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރެވޭ "މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލް" އަށް އިސްލާހު ގެނައުމަށް ރާއްޖޭގެ މީޑިއާތަކާއި މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިގޮތުން އަންނަ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ބިލަށް ޚިޔާލު ހުށަހެޅުމަށް ޢާއްމުކޮށް ހުޅުވާލުމަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އަދިވެސް ގުޅުންހުރި ފަރާތްތަކާއެކު މި ބިލަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

މީޑިއާތައް ވަކި ބައެއްގެ ކޮންޓްރޯލުގެ ތެރޭގައި ބޭއްވުމަށް ފަރުމާކޮށްފައިވާ މި ބިލު މަޖިލީހަށް ބަލައި ނުގަތުމަށް ގޮވާލާ ނޫސްވެރިން ވަނީ އިއްޔެ މަޖިލިސް ކައިރީގައި އިހުތިޖާޖު ކޮށްފައެވެ. ނަމަވެސް ނޫސްވެރިންނާއި މީޑިއާތަކުގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މި ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވާފައެވެ.

އަދި އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑައރު އަދި ޕީއެންސީގެ ޕީޖީ ލިޑަރު އިބްރާހިމް ފަލާހު ވަނީ ނޫސްވެރިން "އުލު ބޭންދުމަށް" ގޮވާލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0