ބަންޑާރަ މިސްކިތުގެ ސީލިންގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

މިއަދު ހެނދުނު ބަންޑާރަ މިސްކިތުގެ ސީލިންގައި ރޯވި އަލިފާން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:25 ގައެވެ. އަދި މައުލޫމާތު ލިބުމާއެކު ވަގުތުން ފަޔަރފައިޓަރުންގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައި، އަވަސް ފިޔަވަޅުތަކެއް އަޅައި އަލިފާން ވަނީ ނިއްވާލެވިފައެވެ.
އެމްއެންޑީއެފްގެ ފަރާތުން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި މިސްކިތަށް ލިބުނު ގެއްލުމުގެ މިންވަރު ބަލައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިތުރު މަސައްކަތްތައް ކުރިއަށްދާނެއެވެ.
ބަންޑާރަ މިސްކިތަކީ މާލޭގެ ގިނަ ބަޔަކު ނަމާދުކުރުމަށް ޒިޔާރަތްކުރާ މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތެވެ.
ރިއެކްޓް



