ޚަބަރު

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް އަނބުރާ މަޖިލީހަށް ފޮނުއްވައިފި

އޮގަސްޓް 20, 2025 - 21:21
 0
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް އަނބުރާ މަޖިލީހަށް ފޮނުއްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިފިއެވެ. 

މިއީ ޤާނޫނު ނަންބަރު 4/2012 (ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު) އަށް ގެނައުމަށް މަޖިލީހުން ފާސްކުރި ފުރަތަމަ އިޞްލާޙެވެ.

މި ބިލަކީ މި މަހުގެ 6 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ރައީސް މި ބިލު އަނބުރާ ފޮނުއްވަން ނިންމެވި ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިފައިވާތީ، އެ ހުށަހެޅުންތަކަށް ރިޢާޔަތްކޮށް ބިލަށް އިތުރު އިޞްލާޙުތަކެއް ގެންނަން ޖެހޭތީއެވެ.

ރައީސްގެ އަމާޒަކީ ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ވަށާޖެހޭ ޤައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމެވެ. އަދި ޤާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް ބިލު އެކުލަވާލުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0