ޚަބަރު

ލާމަރުކަޒީ ޤާނޫނަށް ގެނެވުނީ މުހިއްމު އިސްލާހުތަކެއް: ގާސިމް

އޮގަސްޓް 17, 2025 - 10:29
 0
ލާމަރުކަޒީ ޤާނޫނަށް ގެނެވުނީ މުހިއްމު އިސްލާހުތަކެއް: ގާސިމް

މަރުކަޒީ ނިޒާމުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ދިފާއުކުރައްވައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހާ ގުޅިގެން ގާސިމް ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ހާލަތަށް ވަރަށް ބޭނުންޖެހިފައިވާ އިސްލާހެއް ކަމަށެވެ. އަދި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި، ގާނޫނުގައިވެސް އޮންނަންވާނީ ޔުނިޓަރީ ދައުލަތެއްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފާހަގަކުރެއްވިއެވެ.

"ކުރިޔަށް އޮންނަ އިންތިހާބަކާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތަށް ތިން ޝަރުތެއް ކަނޑައަޅައި، ރައްޔިތުން ކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތެރެއަށް ކައުންސިލްތަކުން ވަނުން ހުއްޓުވުމަށް ގެނައި އިސްލާހަކީ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ފައިދާކުރާނެ ކަމެކެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި މި އިސްލާހު ގެނެސްފައިވަނީ ރަށްރަށުގައި އާންމު ރައްޔިތުން ކުރާ ކުދި، މެދުފަންތީގެ ވިޔަފާރިތައް ހިމާޔަތްކޮށްދިނުމަށާއި ރައްޔިތުން ބާރުވެރިކުރުވުމަށެވެ. އަދި އާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ބިންތަކުން ކުލި ނުނެގުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0