މައްސަލަ ހައްލުކޮށް މާލޭ ސަރަހައްދަށް ކަރަންޓު ދީފި

މިއަދު ހެނދުނު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް، ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފިއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދިންގޮތުގައި، މިއަދު ހެނދުނު 9:30 ހާއިރު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ވަނީ ކެނޑިފައެވެ. ނަމަވެސް މެންދުރު 12:00 އިރު ވަނީ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައެވެ.
މިއަދުގެ މި ހާދިސާގައި ކަރަންޓު ކެނޑުނު ނަމަވެސް، ދިމާވި މައްސަލައަކީ ކޮބައިކަން ސްޓެލްކޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މައްސަލަ ދެނެގަތުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
"ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދެން،" ސްޓެލްކޯއިން ބުންޏެވެ.
މީގެއިތުރުން، މިވަގުތު ކަރަންޓުގެ ޚިދުމަތް ނުލިބޭ އެއްވެސް ސަރަހައްދެއް ހުރިނަމަ، ސްޓެލްކޯގެ ހޮޓްލައިން ނަންބަރު 104 އަށް ގުޅުމަށް އެ ކުންފުނިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ރިއެކްޓް



