ޖިންސީ ގޯނާގެ މައްސަލައެއްގައި އިގިރޭސިވިލާތުގެ ކޯޓުން ހުކުމްކުރީ ދިވެއްސަކަށް ނޫން: އިމިގްރޭޝަން

އިނގިރޭސި ވިލާތުގެ ކޯޓުތަކުން ޖިންސީ ގޯނާގެ މައްސަލައެއްގައި ހުކުމް ކުރެވުނު މީހާއަކީ ދިވެއްސެއް ކަމަށް ދޭހަވާގޮތަށް މީޑިއާތަކުގައި ޚަބަރުތައް ފެތުރެމުންދާތީ، އެއީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ވަނީ ސާފުކޮށްދީފައެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، "ސުންދަރަލިންގަމް ކޫޑަލިންގަމް" ނަމަކަށް ކިޔާ މި މީހާއަކީ ދިވެހިރާއްޖޭގެ އެއްވެސް ސަރުކާރުގެ އިދާރާއެއްގައި ދިވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހެއް ނޫނެވެ.
މިފަދަ މައްސަލަތަކުގައި ސައްޙަނޫން މަޢުލޫމާތު ފެތުރުމަކީ މުޖުތަމަޢުގައި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެއްކަމަށް ފާހަގަކޮށް، މީޑިއާތަކުން މަޢުލޫމާތު ގެނެސްދިނުމުގައި ފަރުވާތެރިވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މީޑިއާތަކުން މިފަދަ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ޝާއިޢުކުރުމުގެ ކުރިން، ކަމާބެހޭ އިދާރާތަކުން އެ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށްވެސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
ރިއެކްޓް



