ކުޅިވަރު

ރާއްޖޭގެ ފުޓުބޯޅަ ސީޒަން އަންނަ މަހު 15 ގައި ފަށަނީ

އޮގަސްޓް 7, 2025 - 10:40
 0
ރާއްޖޭގެ ފުޓުބޯޅަ ސީޒަން އަންނަ މަހު 15 ގައި ފަށަނީ
ފޮޓޯ: ސިޑިބަރި

ފުރަތަމަ ޑިވިޝަން ފުޓްބޯޅައާއި ރީޖަނަލް ލީގު އަދި އަންހެން ފުޓުބޯޅަ މުބާރަތެއް ހިމަނާ އެފްއޭއެމް އިން ފުޓުބޯޅަ ކަލަންޑަރު އެކުލަވާލައިފި އެވެ. 

އެފްއޭއެމް އިން އިއްޔެ ނެރުނު ކަލަންޑަރުގައި ވާގޮތުން ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފަށާނީ އަންނަ މަހު 15 ގައި ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އޭގެ ދެ ދުވަސް  ފަހުން 18 ސެޕްޓެމްބަރުގައި ލީގުގެ ފުރަތަމަ މެޗު ކުޅޭނެ އެވެ. ރީޖަންތަކަށް ބަހާލައިން ކުޅޭ ކޮލިފައިން މުބާރާތް ފަށާނީ އޮކްޓޫބަރ މަހު 1 ވަނަ ދުވަހު އެވެ. އަދި އަންހެން މުބާރާތް ފަށާނީ ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިމުމުން، ޑިސެމްބަރ 1 ގަ އެވެ.

ރީޖަނަލް ލީގުގައި ފުރަތަމަ ކުޅޭނީ އަތޮޅު ބުރެކެވެ. އަތޮޅު ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ސަބް ޒޯން ކުޅެ، އެ ލީގުގެ އެންމެ ގަދަ ދެ ޓީމު ރީޖަނަލް ލީގަށް ކޮލިފައިވާނެ އެވެ. ރީޖަނަލް ލީގުގެ ތެރެއިން މާލޭ ލީގަށް ކޮލިފައިވާނީ ތިން ވަނަ ޑިވިޝަން ކުޅެގެންނެވެ. ރީޖަނަލް ލީގުތަކަކީ:

  • ނޯތު ލީގު
  • ސެންޓްރަލް ލީގު
  • މާލޭ ލީގު
  • ސައުތު ލީގު

މި ރީޖަން ތަކުގެ ޗެމްޕިއަން ޓީމުތައް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން ކުޅޭނެ އެވެ. މި ކޮލިފައިންގައި އިތުރަށް ހިމެނޭނީ ޕްރިމިއާ ލީގުގެ އެންމެ 7 ވަނަ އަދި 8 ވަނައިގައި އޮންނަ ދެ ޓީމެވެ. އެއީ ލީގުގެ އެންމެ ފުލުގައި އޮންނަ ދެ ޓީމެއް ސީދާ ރެލިގޭޓް ވާނެތީ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މި އަހަރު 10 ޓީމު ކުޅޭނެ އެވެ. އެއީ:

  1. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  2. ކްލަބް އީގަލްސް
  3. ބުރު ސްޕޯޓްސް ކްލަބް
  4. ކްލަބް ގްރީން ސްޓްރީޓްސް
  5. ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބް
  6. ޓީސީ ސްޕޯޓްސް ކްލަބް
  7. ޔުނައިޓެޑް ވިކްޓްރީ
  8. ކްލަބް ވެލެންސިއާ
  9. ވިކްޓްރީ ސްޕޯޓްސް ކްލަބް
  10. އޮޑި ސްޕޯޓްސް ކްލަބް

ފުޓުބޯޅަ އޮނިގަނޑު މިހާރު ތައްޔާރުކުރެވިފައިވާ ގޮތުން ގިނަ ރަށްތަކެއް އެކުލެވޭހެން ފުޓުބޯޅަ ސީޒަން މިހާރު ކުރިއަށްދާނެ އެވެ. އަދި މަރުކަޒުވެފައިވާ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރުމުގެ ފުރުސަތު ރަށްތަކުގެ ކްލަބްތަކަށް ފަހިވެގެންދެ އެވެ.

ގަޑުބަޑު ވެފައިވާ އެފްއޭއެމްގެ ރައީސް ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަހުމަދު ތޯރިގު (ޓޮމް) ވަނީ މިދިޔަ މަހު އިންތިހާބު ވެފަ އެވެ. އަދި ޓޮމްއާއި އެކު ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންވެސް ވަނީ އެފްއޭއެމް ހިންގުމަށް ޓޮމްގެ އެކްސްކޯއާއި ގުޅިފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0