ޚަބަރު

ރަންފަރު ފަޅަކީ މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި

އޮގަސްޓް 6, 2025 - 17:16
 0
ރަންފަރު ފަޅަކީ މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި

އއ. އަތޮޅުގައި އޮންނަ "ރަންފަރު" ފަޅަކީ އެ އަތޮޅުގެ މާޅޮހުގެ ބައެއްކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ކަނޑައަޅުއްވައިފިއެވެ.

މި ނިންމެވުން ނިންމަވާފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ "ރަންފަރު" ފަޅު އިތުރުކުރައްވާފައިވާއިރު، އެ ފަޅަކީ މާޅޮހުގެ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. މީގެއިތުރުން، ރަންފަރުގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ވެސް ވަނީ ކަނޑައަޅުއްވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަކުރައްވާފައެވެ.

މި ނިންމެވުމަކީ ޑިސެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުވުމުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. މި ނިންމެވުމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ވައުދުފުޅު ފުއްދަވާފައެވެ.

މި ނިންމެވުމަކީ އއ. މާޅޮހުގެ ތަރައްޤީއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ނިންމެވުމެއްކަމަށް ބެލެވެއެވެ. އަދި މި ނިންމެވުމާއެކު، ރަންފަރު ފަޅުގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު މާޅޮހަށް ލިބިގެންދާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0