ޚަބަރު

ހާފިޒުންގެ އެލަވަންސްގެ ގޮތުގައި 4،000 ރުފިޔާ ޖަމާކުރަން ފަށައިފި

އޮގަސްޓް 4, 2025 - 10:07
 0
ހާފިޒުންގެ އެލަވަންސްގެ ގޮތުގައި 4،000 ރުފިޔާ ޖަމާކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ހާފިޒުންނަށް ދެމުން އައި 2،000 ރުފިޔާގެ އެލަވަންސް 4،000 ރުފިޔާއަށް ބޮޑުކޮށް، އެ ފައިސާ ޖަމާކުރަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން އިއުލާނު ކުރައްވަމުން ވިދާޅުވި ގޮތުގައި، މިއީ ކީރިތި ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެކެވެ. މި ބަދަލު ގެނެސްފައިވަނީ ޖުލައި މަހުން ފެށިގެންނެވެ.

ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ މިދިޔަ ޖޫން މަހުގައެވެ. މިއީ ރައީސް މުއިއްޒުގެ އިންތިޚާބީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި ހާފިޒުން ތަމްރީނު ކުރުމާއި އެ ބޭފުޅުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ނުހަނު މުހިއްމު ކަމެކެވެ. އަދި މިއީ އިސްލާމްދީނަށް ދިވެހީންގެ ހިތުގައި ލޯބި އުފެއްދުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމުގައިވެސް ދެކެއެވެ.

ރާއްޖޭގައި ތިބި ގުރުއާން ހިތުދަސް ހާފިޒުންގެ އަގުވަޒަންކުރުމަކީ މިހާރުވެސް ކުރަމުން އަންނަ ކަމެއް ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުން މި ގެނައި ބަދަލާއެކު ހާފިޒުންގެ އަގުވަޒަންކުރުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0