އެޗްޑީސީއަށް ޒުހައިރު، އާރުޑީސީއަށް ނަޘީމް އައްޔަން ކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ޒުހައިރު މިއަދު އައްޔަންކޮށްފިއެވެ. އަދި އޭނާ ހުންނެވި މަގާމަށް މއ. އެލީޒިއަމް، އިބްރާހިމް ނަޒީމް އައްޔަނުކޮށްފައިވެއެވެ.
މިކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ކުރި އިއުލާނެއްގައެވެ.
މި ބަދަލު އައިސްފައިވަނީ އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި މައުރޫފް ޖަމީލް މިއަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަނުކުރެވުނު އަހްމަދު ޒުހައިރަކީ ދިވެހި ސިފައިންގޭގައި ބްރިގޭޑިއާ ޖެނެރަލްގެ ރޭންކުގައި ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔާކުރެއްވި ބޭފުޅެކެވެ. އޭނާ އާރުޑީސީގެ އެމްޑީގެ މަގާމަށް އައްޔަނުކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ.
އާރުޑީސީގެ އެމްޑީގެ މަގާމަށް އައްޔަނުކުރެވުނު އިބްރާހިމް ނަޒީމަކީ މިހާތަނަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ފުރުއްވަމުން އައި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހުއެވެ.
މި ބަދަލާއެކު، ސަރުކާރުގެ ދެ މުހިންމު ކުންފުންޏެއްގެ އިސް މަގާމުތަކަށް އައު ބަދަލުތަކެއް އައިސްފައިވާއިރު، މި ބަދަލުތަކާއެކު ދެ ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
ރިއެކްޓް



