ކުޅިވަރު

އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖެ ޓީމު ފުރައިފި

ޖުލައި 29, 2025 - 21:30
ޖުލައި 29, 2025 - 21:31
 0
އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖެ ޓީމު ފުރައިފި
ފޮޓޯ: އެމްއެސްއޭ

އިންޑިއާގެ ތަމިލް ނާޑޫގައި އޮންނަ އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖެ ޓީމު މިއަދު ފުރައިފި އެވެ.

އަންނަ މަހު 3 ގައި ފަށާ މި މުބާރާތަށް ރާއްޖޭގެ ފިރިހެން ސީނިއާ، އަންހެން އަދި ޖޫނިއާ ޓީމާއި އެއްކޮށް ޖުމްލަ 9 އެތްލީޓުން ވަނީ ތަމިލް ނާޑޫއަށް ދަތުރުކޮށްފަ އެވެ. އެތްލީޓުންގެ އިތުރުން ޓީމާއި އެކު 2 އޮފިޝަލުންނާއި ގައުމީ ސީނިއާ ޓީމުގެ ކޯޗު، އިބްރާހިމް އަރީފް (އިބޫ) ވެސް ވަނީ ދަތުރުކޮށްފަ އެވެ. 

10 ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި މުބާރާތަކީ ރާއްޖޭގެ ގައުމީ ސާފިންގ ޓީމަށް ވަރަށް މުހިންމު މުބާރާތެކެވެ. މިދިޔަ އަހަރު ތުލުސްދޫގައި އޮތް މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސް ގެ ޖާގައެއް ހޯދާފަ އެވެ. އެމްއެސްއޭއިން "ވިރާސީ" އަށް މައުލޫމާތު ދިން ގޮތުގައި  މި އަހަރު އުންމީދަކީ އިތުރު އަންހެން ޖާގައަކާއި، ފިރިހެން ޖާގައެއް ހޯދުމެވެ.

މީގެ ކުރިން މި މުބާރާތް ދެ އަހަރު ރާއްޖޭގައި ބޭއްވި އިރު، މިހާރު ޓީމުގެ ކޯޗު އިބޫ ވަނީ 2023 ވަނަ އަހަރު މެންސް އޯޕެންގެ ލޯ މެޑަލް ހޯދާފަ އެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖެ ޓީމު ވަނީ ލޯ މެޑަލް ހޯދާފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0