ޚަބަރު

ލަންކާގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ޖުލައި 28, 2025 - 09:48
 0
ލަންކާގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ.

މިއީ އެމަނިކުފާނު ރައީސްކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމިއްލަފުޅަށް ބައިވެރިވެ ވަޑައިގެން، ލަންކާގެ ރައީސަށް މަރުޙަބާ ދެންނެވިއެވެ.

މި މަހުގެ 28 އިން 30 އަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ޤައުމުގެ އިސްވެރިން ބައްދަލުކުރައްވައި، މުހިންމު ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށްޓަކައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކަމަކީ، މި އަހަރަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރޭ އަހަރެވެ. ދެ ޤައުމުގެ މެދުގައި ރަސްމީ ގުޅުން ޤާއިމުކުރެވިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.

މި ތާރީޚީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާވެ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0