ޚަބަރު

ގޭސްފުޅި ގޮވައި ފިހުނު ދެ މީހުން އައިސީޔޫގައި ފަރުވާދެނީ

ޖުލައި 27, 2025 - 15:09
 0
ގޭސްފުޅި ގޮވައި ފިހުނު ދެ މީހުން އައިސީޔޫގައި ފަރުވާދެނީ

އއ. މާޅޮހުގައި ވެލި ނަގާ ދޯންޏެއްގައި ގޭސް ފުޅިއެއް ގޮވައި ރޭ ހިނގި ހާދިސާއެއްގައި ބޮޑަށް ފިހުނު ދެ ބިދޭސީންނަށް އައިސީޔޫ ގައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފި އެވެ.

މާޅޮހު ބަނދަރުގައި އޮތް މި ދޯނީގައި އިއްޔެ ރޭ 8:45 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނެވެ. މި ދެ މީހުންގެ ހާލަތު ވަނީ ސީރިއަސް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ހާދިސާ ހިނގުމާ ގުޅިގެން އެ ދެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ މާޅޮހު ސިއްހީ މަރުކަޒުގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް ޓަކައި ވަނީ މާލެ ގެނެސްފައެވެ. ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މި ދެ މީހުންގެ ހަށިގަނޑުގެ ގިނަ ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.

މި ހާދިސާގައި ދޯންޏަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަހުގީގުތައް ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދާ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0