ޚަބަރު

ރައީސް ޔާމީނާއި ރައީސް ސޯލިހަށް ޝުކުރިއްޔާ: ރައީސް މުއިއްޒު

ޖުލައި 26, 2025 - 21:37
ޖުލައި 26, 2025 - 22:26
 0
ރައީސް ޔާމީނާއި ރައީސް ސޯލިހަށް ޝުކުރިއްޔާ: ރައީސް މުއިއްޒު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ކުރީގެ ރައީސުން އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަސައްކަތްޕުޅަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މި މަޝްރޫއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި އަދި އޭރު ވަރަށް ބޮޑު ކުރިއެރުމެއް ހޯއްދެވި މަޝްރޫއެއް ކަމަށާއި، އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މި މަޝްރޫއު ފުރިހަމަކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ތަކަކީ ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތަށް ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު ދީފައިިވީ ކަމުގައި ވިޔަސް މި ރަސްމިއްޔާތުގައި ބައިވެރިވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޑރ. މުޙައްމަދު ވަހީދު ހަސަންމަނިކު އެކަންޏެވެ.

ރައިސް ޔާމީނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވި ސަބަބު އާއްމުކުރައްވާފައި ނުވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0