ޚަބަރު

ރައީސް އިންދެވީ ކިނބި ގަހެއް, މޯދީ އިންދެވީ އަނބު ގަހެއް

ޖުލައި 25, 2025 - 21:05
ޖުލައި 26, 2025 - 02:14
 0
ރައީސް އިންދެވީ ކިނބި ގަހެއް, މޯދީ އިންދެވީ އަނބު ގަހެއް
ރައީސް މުޢިއްޒު އަދި ނަރެންދުރަ މޯދީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ސަލްޓަންޕާކުގައި އަނބު ގަހެއް އިންދަވައިފި އެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ރައީސް މުޢިއްޒު މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ. މި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ތިމާވެއްޓާއި ޓޫރިޒަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމެވެ.

ރައީސް މުޢިއްޒު މި ރަސްމިއްޔާތުގައި އިންދެވީ ކިނބި ގަހެކެވެ.

މި އަހަރުގެ ތިމާވެށީގެ ދުވަހު އިފްތިތާހު ކުރެވުނު މި މަޝްރޫޢަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރައީސް މުޢިއްޒު އިޢުލާންކުރެއްވި ޤައުމީ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ހައުސް ގޭސް އުފެދުން މަދުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ފަސް މިލިއަން ގަސް އިންދުމަށް ވަނީ ރޭވިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0