ޚަބަރު

މޯދީގެ ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ: މައުމޫނު

ޖުލައި 25, 2025 - 17:06
ޖުލައި 25, 2025 - 23:27
 0
މޯދީގެ ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ: މައުމޫނު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް މައުމޫނު އަބްދުލް ގައްޔޫމް --- ފޮޓޯ ރައީސް މައުމޫން/ އެކްސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް މަރުހަބާ ދަންނަވައިފިއެވެ.

ކުރީގެ ރައީސް މައުމޫނު  ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި މަރުހަބާ ދެންނެވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ.

"އަޅުގަނޑުމެންގެ ޤައުމަށް ވަޑައިގަތުމުން އިއްޒަތްތެރި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހޫނު މަރުހަބާއެއް. އަޅުގަނޑުމެންގެ ޤައުމުގައި މަނިކުފާނަށް މަރުހަބާ ދެންނެވުމަކީ ވަރަށް ބޮޑު ޝަރަފެއް،" ކުރީގެ ރައީސް މައުމޫނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މައުމޫނު ވިދާޅުވެފައިވަނީ، މި ޒިޔާރަތުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، އެކުވެރިކަމާއި، އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.


ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0