ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

މިނިވަން ދުވަހާ ގުޅިގެން ސަރުކާރު ބަންދުކުރާ ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިކަން އިޢުލާނު ކުރަމުން ބުނެފައިވަނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އިމަޖެންސީ ހާލަތްތަކުގައި އެ އޮފީހަށް ހާޒިރުވެގެން ވެސް ޕާސްޕޯޓަށް ހުށަހެޅޭނެ ކަމަށާއި ހޮނިހިރު ދުވަހު ހެނދުނު 9:00 އިން މެންދުރު 12:00 އަށް އެ އޮފީހަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރި މަޢުލޫމާތުގައި ބުނެފައިވެއެވެ. އަދި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ވެސް އެ ދުވަހުގެ އެ ގަޑީގައި ކަމަށް އިމިގްރޭޝަނުން ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
އަދި އާދިއްތަ އަދި ހޯމަ ދުވަހު އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ވަގުތު ކަނޑައަޅާފައިވަނީ ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އަށް ކަމަށާއި މި ދުވަސްތަކުގައި ވެސް ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހިދުމަތް ދޭ ގަޑިތަކުގައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ސަރުކާރު ބަންދު ދުވަސްތަކުގައި ޕާސްޕޯޓުގެ ޚިދުމަތް ދޭނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުން ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ. އަދި މެޑިކަލް އެމަޖެންސީއެއްގައި ޕާސްޕޯޓުގެ ޚިދުމަތް ހޯދުމަށް 9555333 ނަންބަރަށް ގުޅުމަށްވެސް އިމިގްރޭޝަނުން އެދިފައިވެއެވެ.
ރިއެކްޓް



