ޚަބަރު

ވިހަފަރު އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

ޖުލައި 23, 2025 - 11:33
 0
ވިހަފަރު އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

ނ. ވިހަފަރުގައި އަލަށް އަޅާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޮޅުދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާރު އެ އަތޮޅުގައި އެއާޕޯޓު ހިންގާ މާފަރާ ދުރު ސަރަހައްދުގައި އޮންނަ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް އިތުރު އެއާޕޯޓެއް މުހިއްމެވެ.

"މި އަތޮޅަށް އިތުރު އެއާޕޯޓެއް، މި ސަރަހައްދުން؛ ހޮޅުދޫ، ވެލިދޫ، ފޮއްދޫ. މި ސަރަހައްދުން އެބަ ބޭނުންވޭ." ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން 30 މިނެޓުން ދަތުރުކުރެވޭ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓެއް އޮންނަންވާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި މި އެއާޕޯޓުގެ ފައިދާ އެ ސަރަހައްދުގެ ރައްޔިތުންނަށާއި ޓޫރިޒަމަށް ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެ ސަރަހައްދުގައި ޓައުންޝިޕް ޕްރޮޖެކްޓަކަށް އެސްއީޒެޑް ޕާމިޓެއް ދޫކުރުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ހާމަކުރެއްވި އެވެ.

އިގްތިސާދީ ޑައިވަސިފިކޭޝަން ކުރިއަށްދާ ނ. އަތޮޅަށް އިތުރު އެއާޕޯޓެއް މުހިއްމު ކަމަށް ފާހަގަކުރައްވައި، އެއާޕޯޓުގެ މަސައްކަތް ދެ އަހަރު ނޫނީ ދޮޅު އަހަރު ތެރޭ ނިމޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. މީގެ އިތުރުން، ހޮޅުދޫގެ އިހުތިސާސްގައި ހިމެނޭ ހޮޅުމީދޫގެ ލޭންޑް ޔޫސް ޕްލޭނުގައިވާ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ރައީސް ވަނީ މި ދަތުރުފުޅުގައި ހޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0