އެމްބާއްޕޭ ރިއަލް މެޑްރިޑްގައި ބޭނުންކުރާ ޖޯޒީ ނަންބަރު ބަދަލުކުރަނީ

ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާއްޕޭ ރިއަލް މެޑްރިޑްގައި ބޭނުންކުރާ ޖޯޒީ ނަންބަރު ބަދަލުކުރަން އުޅޭ ކަމަށް ބޭރު މީޑައާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.
މިދިޔަ ސީޒަންގައި ޕީއެސްޖީއިން ރިއަލް މެޑްރިޑާއި ގުޅުނު ސްޓްރައިކަރު މިދިޔަ ސީޒަންގައި ބޭނުންކުރީ 9 ނަންބަރެވެ. ނަމަވެސް އަންނަ ސީޒަނުން ފެށިގެން މެޑްރިޑްގެ 10 ނަންބަރު ޖޯޒީ ހޯދަން އެމްބާއްޕޭ ބޭނުންވާކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. ރިއަލް މެޑްރިޑްގެ ހުސްވެފައިވާ 10 ނަންބަރު ޖޯޒީ ކުރިން ލާފައިވަނީ އެ ކްލަބްގެ ލެޖެންޑް ލޫކަ މޮޑްރިޗް އެވެ. ނަމަވެސް މި ޓްރާންސްފާ މާކެޓުގައި މޮޑްރިޗް ވަނީ ރިއަލް ދޫކޮށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެފަ އެވެ. އޭގެ ކުރިން ޖޭމްސް ރޮޑްރިގޭޒް އާއި މެސިއުޓް އޮޒިލް ފަދަ ކުޅުންތެރިން ހިމެނެ އެވެ.
މިދިޔަ ސީޒަންގައި 9 ނަންބަރު ޖޯޒީގައި އެމްބާއްޕޭ ވަނީ ރިއަލް މެޑްރިޑަށް ހުރިހާ މުބާރާތަކުން ޖުމްލަ 44 ލަނޑު ކާމިޔާބު ކޮށް، ޔޫރަޕްގެ ރަން ބޫޓު ހޯދާފަ އެވެ. ރެއަލް މެޑްރިޑްގެ ކުރިން އެމްބާއްޕޭ ވަނީ މޮނާކޯގައި 10 ނަންބަރު ޖޯޒީ ބޭނުންކޮށްފަ އެވެ. އަދި ފްރާންސްގެ ގައުމީ ޓީމުގައި ވެސް އެމްބާއްޕޭ ބޭނުންކުރަނީ 10 ނަންބަރު ޖޯޒީ އެވެ.
ރިއެކްޓް



