ޚަބަރު

އިއްޒުއްދީން ފާލަން ސަރަހައްދުގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް

ޖުލައި 22, 2025 - 18:21
 0
އިއްޒުއްދީން ފާލަން ސަރަހައްދުގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް
އިއްޒުއްދީން ފާލަން --- ފޮޓޯ: ވިރާސީ

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލްތަކާ ގުޅިގެން، މި މަހުގެ 22 އިން 24 އަށް އިއްޒުއްދީން ފާލަން ސަރަހައްދުގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނެވޭނެ ކަމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

މި ގޮތުން ޖުލައި މަހުގެ 22 އިން 24 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށް އިއްޒުއްދީން ފާލަން ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނެވޭނެއެވެ. އަދި މި މުއްދަތުގައި އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދަށް ކަނޑު އުޅަނދުފަހަރު ކައިރި ނުކުރެވޭނެ ކަމަށްވެސް ވަނީ އަންގާފައެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ރިހާސަލްތައް ކުރިއަށްދާއިރު، އާންމު ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް މި ކަންކަން ރާވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު ވަނީ އާންމުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0