ޚަބަރު

ލަންކާގެ ރައީސް މިމަހުގެ 28 ގައި ރާއްޖެ ވަޑައިގަންނަވަނީ

ޖުލައި 21, 2025 - 15:39
 0
ލަންކާގެ ރައީސް މިމަހުގެ 28 ގައި ރާއްޖެ ވަޑައިގަންނަވަނީ
ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ -- ފޮޓޯ: ސޯޝަލްމީޑިއާ

ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޚާރިޖީ ވުޒާރާގެ އޮފިޝަލަކު "ވިރާސީ" އަށް މަޢުލޫމާތުދިން ގޮތުގައި ލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 28 އިން 30 އަށް 3 ދުވަހުގެ ދަތުރުފުޅެއްގައެވެ.

މި ދަތުރުފުޅުގައި ސްރީލަންކާއާއި ރާއްޖެއާއި ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވޭނެ ކަމަށާއި އެއްބާރުލުން ދިނުމުގެ ފަހުމުނާމާތަކެއްގައި ސޮއިކުރާނެކަމަށް މަޢުލޫމާތު ލިބެއެވެ.

އަދި މި ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢއިްޒުއާއި ބައްދަލުކުރައްވާނެ ކަމަށްވެސް އޮފިޝަލް މަޢުލޫމާތު ދެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0