ޚަބަރު

ބާރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޖުލައި 21, 2025 - 15:16
 0
ބާރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިމާރާތެއް -- ފޮޓޯ: ވިރާސީ

ދެކުނުގެ އަތޮޅުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތުދެއްވި ގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން އިތުރަށް މަޢުލޫމާތުދެއްވި ގޮތުގައި ހައްޔަރު ކުރެވުނީ 48 އަހަރުގެ މީހެކެވެ. އަދި އެ މީހާއަކީ އަންހެންކުއްޖާގެ އާއިލީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރި މީހެކެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ އެރަށު ޕޮލިސް ސްޓޭޝަނާއި ފެމިލި އެންޑް ޗައިލްޑް ޕްރޮޓެކްޝަން އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0