ޚަބަރު

ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 10 ބިދޭސީން ހިފަހައްޓައިފި

ޖުލައި 21, 2025 - 14:22
 0
ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 10 ބިދޭސީން ހިފަހައްޓައިފި
ފޮޓޯ: އިމިގްރޭޝަން

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިއްޔެ ހެނދުނު މާލޭގެ އަސަރީ ހިނގުމާއި އަސަރީ ގޯޅީގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 9 ބިދޭސީން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނުގައި ޖުމްލަ 57 ފަރާތެއް ވަނީ ޗެކްކޮށްފައެވެ. އޭގެ ތެރެއިން ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 8 ފިރިހެނުންނާއި އެއް އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި އޮޕަރޭޝަނަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް އެކުލަވާލާފައިވާ ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހިންގަމުން ގެންދާނެއެވެ. އަދި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާމެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0