ޚަބަރު

މާފަރު ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި

ޖުލައި 21, 2025 - 11:32
ޖުލައި 21, 2025 - 11:37
 0
މާފަރު ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި
ފޮޓޯ: ފުލުހުން

ނ. މާފަރުގެ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައި، އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.  

މިއަދު ހެނދުނު މާފަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޢަލީ އިޙުސާން އާއި ދަޢުލަތުގެ ވަޒީރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި މާފަރު ކައުންސިލް މެމްބަރުންނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީ ބައިވެރިވެލެއްވިއެވެ.

ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާންއެވެ. 

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0