ޚަބަރު

ގެދޮރުވެރިޔާ ސްކީމް: އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބުނު ގޯތި ދޫކޮށްލަން ނުޖެހޭ ގޮތަށް ނިންމައިފި

ޖުލައި 19, 2025 - 22:02
ޖުލައި 19, 2025 - 22:12
 0
ގެދޮރުވެރިޔާ ސްކީމް: އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބުނު ގޯތި ދޫކޮށްލަން ނުޖެހޭ ގޮތަށް ނިންމައިފި
ފޮޓޯ: ވިރާސީ

ގެދޮރުވެރިޔާ ސްކީމުން ފްލެޓ ްލިބުނު ފަރާތްތަކުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ބިންވެރިޔާ ސްކީމުގެ ދަށުން ލިބިފައިވާ ގޯތި ދޫކޮށްލަން ނުޖެހޭ ގޮތަށް މިނިސްޓްރީ އޮފް ހައުސިންގ, ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަރަކްޗަރ އިން ނިންމައިފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ މިއަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު އެ މިނިސްޓްރީން ނެރެރެފައިވާ އިއުލާނުގެ 2 ވަނަ ނަންބަރުގެ (ށ) އަށް ޢަމަލު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން މެއި 29 ގައި ނެރުނު އިއުލާނުގެ 2 ވަނަ ނަންބަރުގެ (ށ):

(ށ) ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މި ސްކީމުން ފުލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ/ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށެވެ.

މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ އެގޮތަށް ކަނޑައަޅާފައިވުމުން ރައްޔިތުންގެ ކަންބޮޑުވުން ހުރިކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ބިންވެރިޔާ ސްކީމުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީއާއި, ހިއްކާފައިވާ ބައެއް ބިންތަކުގައި ޢިމާރާތްކޮށް ދިރިއުޅެން ވަގުތު ނަގާނެތީ ކުރިން ޢަމަލުކުރަމުން އައި އުސޫލުގައި ގޯތި ދޫކޮށްލަން ބުނެފައި އޮތް މާއްދާއަށް ޢަމަލު ނުކުރުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

ގެދޮރިުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4000 ފްލެޓް މިއަންނަ ހޯމަ ދުވަހު ދޫކުރަން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މިއަދު ބުނެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0