ޚަބަރު

ފެމިލީ ކޯޓުގައި ޖޫން މަހު 180 ކައިވެނި އަދި 63 ވަރި

ޖުލައި 19, 2025 - 15:07
 0
ފެމިލީ ކޯޓުގައި ޖޫން މަހު 180 ކައިވެނި އަދި 63 ވަރި
ފެމިލީ ކޯޓު --- ފޮޓޯ: ވިރާސީ

ފެމިލީ ކޯޓުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު އެ ކޯޓުން 180 ކައިވެނި އަދި 63 ވަރި ކޮށްދީފައިވެއެވެ. 

ވަރީގެ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު، ކޯޓަށް ޖޫން މަހު ހުށަހެޅުނީ 61 ވަރީގެ މައްސަލަ އެވެ. އަދި މެއި މަހުގެ ބާކީ 81 މައްސަލަ އާއި އެކު މިހާރު ނުނިމި ހުރި މައްސަލައިގެ އަދަދަކީ 100 އެވެ. 

ގެވެށި އަނިޔާ އާއި ގުޅިގެން 08 މައްސަލަ ޖޫން މަހު ކޯޓަށް ހުށަހެޅިފައި ވާއިރު އޭގެ ތެރެއިން އަންހެނުން ހުށަހެޅި މައްސަލައިގެ އިންސައްތަ އަކީ %75 އެވެ. 

ކުޑަކުދިންނާއި ގުޅޭ މައްސަލަ ތަކާއި ގުޅިގެން އެންމެ ގިނައިން ހުށަހެޅިފައި ވަނީ ހަޟާނާތުގެ މައްސަލައެވެ. އެގޮތުން ހަޟާނާތުގެ 16 މައްސަލަ އަދި ނުނިމި ހުރިއިރު، ކުއްޖާ އިހުތިޔާރު ކުރާ ފަރާތެއް ކަނޑައެޅުމުގެ 10 މައްސަލަ އަދި ދަރިން  ނުދެއްކުމުގެ 10 މައްސަލަ އަދި ނުނިމެއެވެ. 

ހަރަދުގެ މައްސަލަ އާއި ގުޅޭ 21 މައްސަލަ އަދި ނުނިމި ހުރިއިރު، ފެމިލީ ކޯޓުން މި މަހު ވަނީ ދަރިންނަށް ހަރަދު ނުދޭ ބައްޕައިންގެ ފޮޓޯ އާއްމު ކުރަން ފަށާފައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0