ޚަބަރު

ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ޖުލައި 18, 2025 - 19:59
ޖުލައި 18, 2025 - 20:11
 0
ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ދެކުނުގެ އަތޮޅެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލަންފަށައިފިއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ފުލުހުން މިއަދު ވިދާޅުވި ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުދަ ދުވަހުގެ 12:35 ހާއިރުއެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދަނީ އެރަށު ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި އިތުރުވަމުންދާ ކަންބޮޑުވުމެކެވެ. މިފަދަ މައްސަލަތަކުގައި ގިނަ ފަހަރަށް ތުހުމަތު ކުރެވެނީ ކުއްޖާއަށް އިތުބާރު ކުރެވޭ ނުވަތަ ގާތް ގުޅުމެއް އޮންނަ ފަރާތްތަކަށެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އެންމެ މަތީ އަދަބަކީ 25 އަހަރުގެ ޖަލު ހުކުމެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ޚާއްސަ އުސޫލުތަކެއް ގެންގުޅެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0