ޚަބަރު

ޒަރޫރީ ބޭނުމަށް ފިޔަވައި އެހެނިހެން ކަނޑުދަތުރު ނުކުރުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ޖުލައި 18, 2025 - 12:03
 0
ޒަރޫރީ ބޭނުމަށް ފިޔަވައި އެހެނިހެން ކަނޑުދަތުރު ނުކުރުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައި --- ފޮޓޯ: ވިރާސީ

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އާދީއްތަ ދުވަހާއި ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާދެއްވާފައި ވާތީ މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން މިހާރު ވެސް ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު އަދި ދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ހުދު ސަމާލު ނެރެފައެވެ. 

އެގޮތުން ޒަރޫރީ ބޭނުމަށް ފިޔަވައި އެހެން ކަނޑު ދަތުރު ނުކުރުމަށާއި ދަތުރުކުރާނަމަ، އުޅަނދަށް ކަނޑައަޅާފައިވާ މީހުންނަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށާއި ދަތުރުކުރާ އެންމެންވެސް ލައިފް ޖެކެޓް އަޅަން ހަނދާން ކުރުމަށް ފާހަގަކޮށްފައިވެއެވެ. 

އެއާއެކު، އެއްގަމު އުޅަނދު ދުއްވާއިރު ކޮންޓްރޯލް ކުރެވޭ މިންވަރެއްގައި އުޅަނދު ދުއްވުމަށާއި ވިއްސާރައިގައި ދުއްވާއިރު ހެޑްލައިޓު ދިއްލުމަށާއި، ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކޮށް ވަޔާއެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓު ބޭނުން ކުރުން ހިމެނެއެވެ. 

އަދި، ވާރޭ ވެހި ފެންބޮޑު ވެދާނެކަމަށް ތައްޔާރުވުމަށް ފާހަގަކޮށް، އާއްމުކޮށް ފެންބޮޑުވާ ސަރަހައްދުތައް ނޫން އެހެން ސަރަހައްދުތަކުގައި ވެހިކަލް ޕާކު ކުރުމަށް ސަމާލުކަން ދިނުމަށާއި ދުރާލައި ގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ކާރިސާ އެއް ދިމާވެއްޖެނަމަ ގުޅުމަށް ކަނޑައާފައިވާ ނަމްބަރަކީ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރުގެ ނަންބަރު 911 އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0