ޚަބަރު

ދުވަން އުޅެނިކޮށް އެކްސިޑެންޓްވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުން ނަގައިފި

ޖުލައި 17, 2025 - 21:45
ޖުލައި 17, 2025 - 21:47
 0
ދުވަން އުޅެނިކޮށް އެކްސިޑެންޓްވި 40 އަހަރުގެ މީހާ ވެންޓިލޭޓަރުން ނަގައިފި
އެކްސިޑެންޓް ހިނގި ސަރަހައްދު -- ފޮޓޯ: ވިރާސީ

މި މަހުގެ 13 ވަނަ ދުވަހު މާލޭ ބޮޑުތަކުރުފާނުމަގު މާފަންނު ބަސް ޓާމިނަލު ކުރިމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ފިރިހެންމީހާ ވެންޓިލޭޓަރުން ނަގާފައިވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ކަފިހި ހުރަސްމަތިން ދުއްވައިގަންނަނިކޮށް މާފަންނުން ހެންވޭރަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލުގައި މި މިޙ ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލުގައި އިން އެއްކުއްޖަކު ވަނީ ނިޔާވެފައެވެ. 

އަދި ދުވަން އުޅުނު 40 އަހަރުގެ ފިރިހެންމީހާއަށް ބޮޑެތި އނިޔާތަކެއް ވެފައިވާކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދިން އޮފިޝަލަކު ވަނީ މީގެ ކުރިން ވެސް ބުނެފައެވެ. އަދި އެމީހާއަށް މިއަދާއި ހަމައަށް ފަރުވާދެމުން އައިސްފައިވަނީ ވެންޓިލޭޓަރުގައެވެ.

މި މީހާ ވެންޓިލޭޓަރުން ނެގި ކަމުގައި ވިޔަސް އަދިވެސް ފަރުވާދެމުންދަނީ އައިސީޔޫގައެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 16 އަހަރުގެ ކުއްޖާއަށް ވޯޑުގައި ފަރުވާދެމުން އަންނަ އިރު އެ ކުއްޖާގެ ހާލު ސީރިއަސް ނޫންކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މީގެ އިތުރުން މި އެކްސިޑެންޓުގައި ސައިކަލު ދުއްވި ޔޫސުފް އަލްސަން މުހައްމަދު، (17އ) ވަނީ އެކްސިޑެންޓު ހިނގި ރޭ ނިޔާވެފަ އެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0