ޚަބަރު

ރައީސް މުޢިއްޒު އިނގިރޭސި ރަސްގެފާނާއި ބައްދަލުކުރައްވައިފި

ޖުލައި 17, 2025 - 19:47
 0
ރައީސް މުޢިއްޒު އިނގިރޭސި ރަސްގެފާނާއި ބައްދަލުކުރައްވައިފި
ރައީސް މުޢިއްޒު އަދި ކިންގް ޗާލްސް -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި މިއަދު ހެނދުނު ވިންޑްސަރ ކާސްލްގައި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަކީ ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

ޤައުމުތަކުގެ އެންމެ އިސްވެރިންނާއި އެކު ޚާއްޞަ ބައްދަލުވުންތައް ބާއްވަވާ ޕްރައިވެޓް އޯޑިއެންސް ރޫމްގައި ކުރިއަށް ގެންދެވުނު މި ބައްދަލުކުރެއްވުމުގައި، ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް މަޝްވަރާކުރައްވާފައެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި އަހަރަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރޭ އަހަރެވެ. އެހެންކަމުން މި ބައްދަލުކުރެއްވުމަކީ މި މުހިންމު މުނާސަބަތާ ދިމާކޮށް ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމެކެވެ.

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޒަމާންވީ އަދި ވަރުގަދަ ގުޅުމެއް އޮވެއެވެ. މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެޤައުމުން ވެސް މަސައްކަތްކުރަމުން ގެންދެއެވެ. މިގޮތުން ތަފާތު ދާއިރާތަކުން ދެޤައުމު ގުޅިގެން މަސައްކަތްކުރަމުން ދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0