ޚަބަރު

ކުރިއަށް އޮތް 4 ދުވަހުގެ މޫސުން ގޯސްވާނެ: މެޓް އޮފީސް

ޖުލައި 16, 2025 - 16:12
ޖުލައި 17, 2025 - 02:21
 0
ކުރިއަށް އޮތް 4 ދުވަހުގެ މޫސުން ގޯސްވާނެ: މެޓް އޮފީސް
ކުރިއަށް އޮތް 4 ދުވަހު ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް މެޓް އޮފީހުން އަންގައިފި --- ފޮޓޯ: ވިރާސީ

ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް 4 ދުވަހު ވައި ބާރުވެ، ކަނޑުތައް ގަދަވެ، ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ. 

އެގޮތުން މެޓް އޮފީހުން ފާހަގަ ކޮށްފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި:

  • ވައި ބާރުގެ ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ. 
  • ކަނޑުތައް، ހާއްސަކޮށް ކަނޑު އޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ.
  • ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ. 
  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިވެ އަސަރު ކުރާނެ.

ވީމާ، ހުރިހާ ފަރާތްތަކުން އަދި ވަކިން ހާއްސަކޮށް ދަތުރުވެރިން މޫސުމަށް ސަމާލުވެ ތިބުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ. 

މިދިޔަ ހަފުތާގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑު މަތީގެ ހިތާމަވެރި ކާރިސާތައް ހިނގާފައި ވެއެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0