ޚަބަރު

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފި

ޖުލައި 16, 2025 - 14:19
ޖުލައި 16, 2025 - 15:42
 0
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާންކޮށްފި
ފޮޓޯ: ފުލުހުން

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތެއް ހާޒިރުކުރުމަށް އާންމުކޮށް އިއުލާނު ކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މީހާ ހޯދުމަށް އިޢުލާން ކޮށްފައިވަނީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވަނީ މއ. ގްލާސްގެ / މާލެ، އިސްމާޢީލް މޫސާ (44އ) އެވެ. 

އިސްމާޢީލް މޫސާ ހާޒިރުވާން ޖެހެނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ. އަދި ހާޒިރުވާން ޖެހެނީ 2025 ޖުލައި 23 ވަނަ ދުވަހުގެ 13:00 އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށެވެ.

ފުލުހުން މިފަދަ އިއުލާނެއް ކުރަނީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ފަރާތަށް ޗިޓު ރައްދުކުރެވޭގޮތް ނުވެގެން، އެފަރާތް ހޯދުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތްތަކެއް ކުރުމަށްފަހުގައި ކަމަށް ފުލުހުން ބުނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0