ދިރާސީ އާ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމަށް ހުޅުވާލައިފި

2026 ވަނަ ދިރާސީ އަހަރަށް ސަރުކާރު ސްކޫލްތަކުގެ އެލް.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.
މިނިސްޓްރީން މިކަން އިއުލާން ކުރުމާއެކު، ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯމު ހުށަހެޅުމުގެ މުއްދަތު ކަނޑައަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި 15 އިން އޮގަސްޓް 31 ގެ ނިޔަލަށެވެ.
ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނީ އެޑިޔުކޭޝަން މިނިސްޓްރީގެ "މައި އޮފީސް ޕޯޓަލް" މެދުވެރިކޮށެވެ.
ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގައި ސްކޫލާ ކައިރި ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނަށް އިސްކަން ދޭނެއެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ހުށަހެޅިފައިވާ ފޯމުތައް ދިރާސާކޮށް، ދަރިވަރުންނަށް ސްކޫލް ހަމަޖެހުނު ގޮތުގެ މައުލޫމާތު ބެލެނިވެރިންނަށް އަންގާނެއެވެ.
ރިއެކްޓް



