ޚަބަރު

ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯނު ތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

ޖުލައި 15, 2025 - 17:06
ޖުލައި 15, 2025 - 19:18
 0
ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯނު ތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް --- ފޮޓޯ: ވިރާސީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުމަށް 26 ޖުލައި 2025 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރަސްމިއްޔާތަށް ވަމުން އަންނަ ތައްޔާރީ ތަކާއި ގުޅިގެން، ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯނު ތަކުގައި ޕާކު ކުރުން ވަގުތީ ގޮތުން މަނާ ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލް އިން މިއަދު އާއްމުކޮށްފައިވާ ދެންނެވުމެއްގައި ވާ ގޮތުން، 17 ޖުލައި 2025 އިން ފެށިގެން ހުޅުލޭގެ އިރުމަތީ ފަރާތު ޕާކިން ޒޯނު ގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމަކީ މަނާ ކަމެކެވެ. 

އެއާއެކު، ހަމަ އެ ދުވަހުގެ 18:00 ގެ ފަހުން ހުޅުލޭ ހުޅަނގު ފަރާޓު ޕާކިން ޒޯނު ގައި އެއްވެސް އެއްގަމު އުޅަނދެއް ޕާކު ކުރުމަކީ މަނާ ކަމެކެވެ. އަދި މި ތާރީހާއި ސުންގަޑި އަށް ފަހު މޯލްޑިވްސް ޕޮލިސް ސާވިސް ގެ އެހީގައި މި ޕާކިން ޒޯނު ތަކުން އުޅަނދުތައް ހުސްކުރެވޭނެ ވާހަކަ ވެސް އެމްއޭސީއެލް އިން ބަޔާންކޮށްފައި ވެއެވެ. 

އަދި، ޕާކިން ޒޯނު ތަކުގައި އަލުން ޕާކު ކުރެވޭނެ ދުވަހެއް ފަހުން އަންގާނެ ކަމަށްވެސް އެ ދެންނެވުމުގައި ވެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0