ޚަބަރު

ގިރާވަރުފަޅާއި ހުޅުމާލެ 3 ހިއްކުމަށް ސީއެމްސީސީއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރަނީ

ޖުލައި 15, 2025 - 12:46
 0
ގިރާވަރުފަޅާއި ހުޅުމާލެ 3 ހިއްކުމަށް ސީއެމްސީސީއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރަނީ
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ: ވިރާސީ

ސީއެމްސީސީއާއެކު ހަދާފައިވާ ގިރާވަރުފަޅާއި ހުޅުމާލެ 3 ހިއްކުމުގެ އެއްބަސްވުން، މަސައްކަތް ކުރިއަށް ނުދާތީ ބާތިލުކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިކަން އޭނާ ހާމަކުރެއްވީ ރޭގައި ބޭއްވުނު އަހާ ފޯރަމްގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހެދި އެގްރިމެންޓުގެ ދަށުން އެޑްވާންސްގެ ގޮތުގައި ކޮންޓްރެކްޓަރަށް ދެ ފަހަރެއްގެ މަތިން 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ދީފައިވެއެވެ. އަދި މި ސަރުކާރުން އިތުރު 15 މިލިއަން ޑޮލަރު ދިން ނަމަވެސް، މަޝްރޫއު ވަނީ މަޑުޖެހިފައެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ސީއެމްސީސީން އަބަދުވެސް ކޮންޓްރެކްޓު ހަދަނީ އެއްބަސްވުން ބާތިލުކުރުމުގެ ވިސްނުމުގައެވެ. އަދި އޭގެ ފަހުން އާބިޓްރޭޝަނަށް ގޮސްގެން ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލު ހޯދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، މި ފަހަރު އެގްރިމެންޓު ބާތިލުކުރަން ޖެހެނީ އުސޫލުތަކުގެ ތެރެއިން ރަނގަޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0