އަންނަ ހަފްތާގައި ގޯތި އެގްރީމަންޓްތަކުގައި ސޮއި ކުރަން ފެށޭނެ: މިނިސްޓަރ

4000 ފްލެޓު މަޝްރޫއުގެ އެއްބަސްވުމުގައި އަންނަ ހަފްތާގެ ތެރޭގައި ސޮއި ކުރަން ފެށުމަށް ތައްޔާރުވެފައިވާކަމުގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށް ދިޔަ "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ކުރިޔަށްދަނީ އިދާރީ ގޮތުން ނިންމަންޖެހޭ މަސައްކަތްތަކުގެ އިތުރުން ގޯތި ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސްގެ މަސައްކަތްތައް ކަމަށެވެ. އަދި ފްލެޓުތައް ނިމޭ ވަރަކުން، އެގްރީމެންޓުތައް ހަދައި އެތަންތަން އާންމުންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހަށް އެގްރިމަންޓު ފޮނުވައި ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުމުގައި ޖުލައި މަހުން ފެށިގެން ސޮއި ކުރަން ފަށާނެކަމަށް ސަރުކާރުން ވަނީ ކުރިން ހާމަކޮށްފައެވެ. އަދި ދާދިފަހުން މަސައްކަތްތައް ކުރިޔަށްދާ ގޮތް ބެއްލެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފްލެޓުތަކަށް ޒިޔާރަތްކުރައްވާފައިވެއެވެ.
ރިއެކްޓް



