ޚަބަރު

ކުޑަކުރި މުސާރަ އިޔާދަކޮށް، ކެނޑި މަހުގެ މުސާރަ ދޭން ޓީއެމްއޭއިން ނިންމައިފި

14 ޖޫން 2026 - 12:58
ކުޑަކުރި މުސާރަ އިޔާދަކޮށް، ކެނޑި މަހުގެ މުސާރަ ދޭން ޓީއެމްއޭއިން ނިންމައިފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ހީނަރުކަމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމާ ގުޅިގެން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި އަނބުރާ ދިނުމަށާއި މުސާރަ އިޔާދަކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

ޓީއެމްއޭ އިން މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމީ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެ ކުންފުނީގެ އިތުރުން މަންޓާ އެއާ އިން ވެސް މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ނިންމި ނަމަވެސް، މުސާރަ އިޔާދަކުރުމުގެ ނިންމުން މިހާތަނަށް ނިންމާފައިވަނީ ހަމައެކަނި ޓީއެމްއޭ އިންނެވެ.

މިދިޔަ މެއި މަހު ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ރާއްޖެއަށް އަންނަން ހުރި ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދު މަދުވެ، ފަސިންޖަރުން އުފުލަންޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. "ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ފަތުރުވެރިން އަންނަ އަދަދު މަދުވެ، އުފުލަންޖެހޭ ފަސިންޖަރުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވޭ،" ސީއީއޯގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އެ ސިޓީގައި ކުރިން ބަޔާންކޮށްފައިވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ މުއްދަތަކަށް މުސާރަ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރު ފަތުރުވެރިން އަންނަ މިންވަރު ކުރީގެ ހާލަތަށް ރުޖޫއަވުމުން މުސާރަ އިޔާދަކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ކުރިން ބުނެފައިވެއެވެ.

ނަމަވެސް، މިހާރު ޓީއެމްއޭ އިން ވަނީ ކުޑަކުރި މުސާރަ އިޔާދަކޮށް، މުސާރައިން ކެނޑި މަސްތަކުގެ ފައިސާ ވެސް މުވައްޒަފުންނަށް ދިނުމަށް ނިންމާފައެވެ. މިއީ އެ ކުންފުނީގެ މުވައްޒަފުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0