ކޮލަމް , ސިޔާސީ , ޚަބަރު

ރައީސް ނަޝީދުއާއި ފައްޔާޒުގެ ކާމިޔާބު ކެމްޕެއިނުގެ ހަޤީޤަތް

13 ޖޫން 2026 - 15:52
ރައީސް ނަޝީދުއާއި ފައްޔާޒުގެ ކާމިޔާބު ކެމްޕެއިނުގެ ހަޤީޤަތް

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އެތެރޭގެ ސިޔާސީ ހަރަކާތަކީ ނިމިގެންދިޔަ އެމް.ޑީ.ޕީގެ އެތެރޭގެ އިންތިޚާބެވެ. މި އިންތިޚާބުގައި އެއްކޮޅުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނުކުންނެވިއިރު، އަނެއްކޮޅުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފުރިހަމަ ތާއީދާއެކު ނުކުންނެވީ މީކާއީލް ނަސީމެވެ. މިއީ ޕާޓީގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި ދެ ފިކުރެއްގެ މެދުގައި ކުރެވުނު ވަރުގަދަ ހަނގުރާމައެކެވެ.

ބޮޑު ބަދަލު: ނަޝީދުއާއި ފައްޔާޒުގެ ގުޅުން

ރައީސް ނަޝީދުގެ ކެމްޕެއިން ސްލޯގަންއަކީ "ބޮޑު ބަދަލު" އެވެ. މި މަސައްކަތުގައި އެމަނިކުފާނުގެ އެންމެ ބޮޑު ބައިވެރިއަކީ ފައްޔާޒު އިސްމާޢީލެވެ. 2018 ވަނަ އަހަރުން ފެށިގެން ފައްޔާޒުގެ ސިޔާސީ ނުފޫޒު ގަދަވެފައިވާއިރު، ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އޭނާ ވަނީ ރަށްރަށުގެ ގުނަވަންތަކާއި ގާތް ގުޅުމެއް އުފައްދާފައެވެ. ރައީސް ނަޝީދަށް ލިބުނު ބޮޑު ސިޔާސީ ތާއީދުގެ އެންމެ ބޮޑު ސިއްރަކީ ފައްޔާޒުގެ މި ވަރުގަދަ ނެޓްވޯކާއި ހިންގުންތެރިކަމެވެ. މިކަމަށް އެއްވެސް ބަޔަކު ދެބަހެއްނުވާނެއެވެ.

ކެމްޕެއިންގެ ހިންގުންތެރިކަމާއި ރައްޔިތުންގެ އިތުބާރު

ނަޝީދުއާއި ފައްޔާޒުގެ ޓީމުން ކުރިއަށް ގެންދިޔަ ކެމްޕެއިން ފާހަގަކުރެވުނީ އެންމެ ގިނަ ރަށްރަށަށް ދަތުރުކޮށް، އެންމެ ގިނަ ޑޯޓުޑޯ ހަރަކާތްތައް ހިންގި ކެމްޕެއިންގެ ގޮތުގައެވެ. ރައީސް ނަޝީދަކީ އަބަދުވެސް ރައްޔިތުންގެ މެދުގައި މަގުބޫލު، ޑިމޮކްރަސީއަށްޓަކައި ގިނަ ގުރުބާނީތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވުމުން، އެމަނިކުފާނުގެ ގްރައުންޑް ތާއީދު އޮތީ ވަރަށް ވަރުގަދަކޮށެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ އާއި އެކި އިވެންޓްތަކުން އެންމެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ ހަމައަށް ވާސިލުވީވެސް މި ޓީމެވެ.

މީކާއީލްގެ ނާކާމިޔާބީއާއި ގްރައުންޑް ރިއަލިޓީ

މީކާއީލް ނަސީމާއެކު ޕާލިމެންޓަރީ ގްރޫޕުގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ނަމަވެސް، އާންމު މެންބަރުންގެ މެސެޖު ދެނެގަތުމުގައި އެ ޓީމު ނާކާމިޔާބުވިއެވެ. ސިޔާސީ ގޮތުން ތާއީދު ކުޑަ ބަޔަކު ކުރީ ސަފަށް ނެރުމާއި، ރައްޔިތުން ބޭނުންވާ ބަދަލުތައް ދެނެނުގަނެވުމަކީ މީކާއީލަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށް ފެނުނެވެ. ރައްޔިތުން ތިބީ ހަމައެކަނި ޕާލިމެންޓް މެންބަރުން ބުނާ ގޮތަށް އަމަލުކުރާ ގޮތަކަށް ނޫންކަން މި ނަތީޖާއިން ހާމަވިއެވެ.

ޖުމްލަގޮތެއްގައި، ރައީސް ނަޝީދުއާއި ފައްޔާޒު އިސްމާޢީލްގެ ކާމިޔާބީއަކީ އެ ބޭފުޅުން ހުށަހެޅުއްވި ސިޔާސީ ތަޞައްވުރު ރައްޔިތުން ބަލައިގަތުމުގެ ނަތީޖާއެވެ. ރައްޔިތުން ބޭނުންވީ ހަގީގީ ބަދަލަކަށް މަސައްކަތްކުރާނެ ވަރުގަދަ ލީޑަޝިޕެކެވެ. ސަރުކާރުން ހިންގާ ޖަރީމާތަކަށް ރިއެކްޓްކޮށް، ސަރުކާރާ ވިއްދާލާނެ ލީޑާޝިޕެކެވެ. މި ކާމިޔާބީއާއެކު ސިޔާސީ މައިދާނުގައި ނަޝީދުއާއި ފައްޔާޒުގެ ގުޅުން އިތުރަށް ވަރުގަދަވެ، ޕާޓީގެ ކުރިމަގަށް އާ އުންމީދުތަކެއް ލިބިގެން ހިނގައްޖެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 1
މަޖާ މަޖާ 0