ދުނިޔޭގެ ކަނޑުގެ ދުވަހާއި ގުޅިގެން ރައީސް ކުރެއްވި ޕޯސްޓުގައި ދެ ނިގޫލީ މަހާއި ފަސް އަތްލީ ވެލައެއް
ދުނިޔޭގެ ކަނޑުގެ ދުވަހާއި ގުޅިގެން ރައީސް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ފަސް އަތްލީ ވެލައެއްްގެ ފޮޓޯއަކާއި ދެ ނިގޫލީ މަސްތަކެއްގެ ފޮޓޯ ހިއްސާކުރައްްވައިފިއެވެ.
ކަނޑުގެ ދުވަހާއި ގުޅިގެން ރައީސް ކުރެއްވި މި ޕޯސްޓަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއި) ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެއްކަމަށް ބެލެވެއެވެ.
ރައީސްގެ ޕީއާރު އަދި މީޑިއާ އިންޓަރެކްޝަން ތަކަށް މިލިއަނުން ޚަރަދުކުރައްވަމުން ގެންދަވާއިރު މިފަދަ ފޮޓޯއަކާއި އެކު ޕޯސްޓެއް ކުރެއްވުމުން އެ ޕޯސްޓަށް ޢާއްމުންގެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.
ފޭސްބުކާއި އެކްސް (ކުރީގެ ޓުވިޓާރ) ގައި މި ޕޯސްޓު ހިއްސާކޮށްފައިވާއިރު ފޭސްބުކްްގައި ހިއްސާކުރި ޕޯސްޓު މިހާރު ވަނީ އެޑިޓް ކޮށް ވެލާގެ އެއ އަތް މަދުކޮށްފައެވެ. ނަމަވެސް އެޑިޓްކޮށްފައި އަލުން ލީ ފޮޓޯގައިވެސް ދެނިގޫލީ މަސް ހުރިކަން ފާހަގަކުރެވެއެވެ.






ރިއެކްޓް