ޚަބަރު

ރައީސްއަށް ޖޯކު ޖެހިކަމަށް ބުނާ މާލިޕެރޭޑަށް މުންދުގެ ތަޢުރީފު

30 މޭ 2026 - 19:34
ރައީސްއަށް ޖޯކު ޖެހިކަމަށް ބުނާ މާލިޕެރޭޑަށް މުންދުގެ ތަޢުރީފު

ނިމެމުން މިދާ އަޟްހާ އީދުގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި މާލި ޕެރޭޑުގައި ރައީސް މުޢިއްޒަށް ޖޯކުޖަހައި ފުރައްސާރަކޮށްފައިވާކަމަށް ޕީއެންސީ އެކްޓިވިސްޓުން ބުނަމުން ދަނިކޮށް ސަރުކާރުގެ ތަރުޖަމާނު އެ ޕެރޭޑަށް ތަޢުރީފު ކުރުމުން މައްސަލަ ހޫނުވެއްޖެއެވެ.

ޕީއެންސީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ވާހަކަދައްކާ ވަޓްސްއެޕް ގްރޫޕެއްގައި މުންދު ކޮށްފައިވާ ޕޯސްޓާއި ގުޅިގެން ބައެއް އެކްޓިވިސްޓުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށާއި "ރައީސްއާއި ހަމައަށް މިކަން ގެންދާނެ" ކަމަށް ބައެއް އެކްޓިވިސްޓުން ބުނެފައިވާކަމަށް ވެއެވެ.

މާލި ޕެރޭޑާއި ގުޅިގެން މުންދު  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި "އަތުގެ މުލައްްދަނޑި އިމޯޖީ" ބޭނުންކުރައްވައި ފާޅުކުރެއްވީ މާލި ޕެރޭޑާމެދު ފަޚުރުވެރިވާކަމެވެ. އަދި މީގެ އިތުރުން ފޭސްބުކްގައިވެސް މުންދު ވަނީ މާލި ޕެރޭޑަށް ތަޢުރީފުކުރައްވާފައެވެ.

ކުޅުދުއްފުށި މާލި ޕެރޭޑުގައި މުންދުއަށް ޚާއްސަ މާލިތަކެއް ފެނިގެން ދިޔުމުން އެކަމާވެސް ފާހުރުވެރިވާކަމަށް މުންދު ވިދާޅުވިއެވެ. މުންދުގެ މި ކޮމެންޓުތަކާއި ގުޅިގެން އާއްމުންފެ އެތައް ބަޔަކު ވަނީ މުންދުއަށް ތައުރީފުކޮށް މުންދުއަކި ސިޔާސީގޮތުން ތަސައްރަފު ފުދިފައިވާ މީހެއް ކަމަށް ބުނެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 3
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 1