ޚަބަރު , ސިޔާސީ

ލީވާނާއި ޝަހުޒާން ތިބި ގޮޅިން ފޯނެއް ފެނުނު މައްސަލަ ތަހުގީގު ކުރާނަން : އިހުސާން

28 މޭ 2026 - 18:27
 1
ލީވާނާއި ޝަހުޒާން ތިބި ގޮޅިން ފޯނެއް ފެނުނު މައްސަލަ ތަހުގީގު ކުރާނަން : އިހުސާން

ލީވާނާއި ޝަހުޒާން ތިބި ގޮޅިން ފޯނެއް ފެނުނު މައްސަލަ ތަހުގީގު ކުރާނެ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވެއްޖެއެވެ. 

"އަދަދު" ނޫހުގެ ޝަހުޒާނާއި ލީވާން ބައިތިއްބާފައި ތިބި ޖަލު ގޮޅި ބަލައި ފާސްކުރުމުގެ ތެރޭގައި މޯބައިލް ފޯނެއް ފެނިފައިވާކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ކަށަވަރުކޮށްދެއްވައިފިއެވެ. ވަޒީރު ވިދާޅުވީ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރާނެ ކަމަށެވެ.

ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން އެ ދެ މީހުން ތިބި ގޮޅިން މުވާސަލާތީ އާލާތެއް ފެނުމަކީ ސަރުކާރުން ނުހަނު ކަންބޮޑުވާކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމާ ގުޅިގެން، އެ ފޯނު ޖަލުގެ ގޮޅިއަށް ވެއްދި ގޮތާއި، މީގެ ފަހަތުގައި ޝާމިލުވާ އެންމެހާ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފުޅާ ދާއިރާއެއްގައި ތަހުގީގެއް ފެށުމަށް ކަމާބެހޭ އިދާރާތަކަށް މިހާރު ވަނީ އަންގަވާފައެވެ.

ޖަލަށް މަނާތަކެތި ވެއްދުމަކީ ގާނޫނީ ގޮތުން ބޮޑު ކުށަކަށްވާއިރު، މިފަދަ އަމަލުތައް ހުއްޓުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިފަދަ މައްސަލަތަކުގައި އިހުމާލުވާ އެއްވެސް މުވައްޒަފެއް ހުރިކަން ސާބިތުވެއްޖެނަމަ، އެ ފަރާތަކާމެދުވެސް އެއްވެސް އިސްތިސްނާއެއް ނެތި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0